އެމްއެންޑީއެފް ބޭންޑްގެ ހާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި
އީދާ ގުޅޫވައިގެން އެމްއެންޑީއެފް ބޭންޑްގެ ހާއްސަ ހަރަކާތްތަކެއް މިރޭ ހުޅުމާލޭގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އެމްއެންޑީއެފުން އެކްސް ގައި ހިއްސާކުރި ޕޯސްްޓުގަައި ބުނެފައިވަނީ، މި ހަރަކާތް އޮންނާނީ މިރޭ 21:00 އިން 22:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
ބޮޑުޢީދު ފާހަގަކުރުމުގެ ގޮތުނއެމްއެންޑީއެފް އިންވަނީ ތަފާތު ހަރަކާތްްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮއްސައެވެ. އެގޮތުން ކުޑަ ކުދިންނަށް ހާއްސަ ކޮށްގެން ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު، ޖުމްހޫރީ މައިދާން އަދި ހުޅުމާލެ ސެންޓްރަލް ޕާކާއި ހިޔާ ފްލެޓް ސަރަހައްދުގައި "ޢީދު ހަވީރު 1446" ގެ ނަމުގައި ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

މި ހަރަކާތްތަކުގެ ތެރޭގައި އެމްއެންޑީއެފް ކޯސްޓްގާޑު އަދި ފަޔާ އެންޑް ރެސްކިޔު ސާވިސްގެ އުޅަނދުފަހަރުތަކަށް އަރައި އެ އުޅަނދުތަކުގައި ފޮޓޯ ނެގުމާއި، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ކުރިޔަށްގެންދިޔަ އޮބްސްޓިކަލް ބެލްޓުގެ ހަރަކާތްތަކުުގެ އިތުރުންވެސް ތަފާތު ކަންކަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު މި ކުޑަކުދިންގެ ހަވީރުން ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް