ސައުދީ ޒުވާނާގެ ބައްޕަ އޭނާއާއި ބައްދަލުކުރަން ބެންކޮކްގައި!
އާއިލާއިން ކުރާ އަނިޔާތަކަށް ކެތްނުކުރެވިގެން އޮސްޓްރޭލިޔާގެ ހިމާޔަތް ހޯދުމަށް މިވަގުތު ތައިލޭންޑްގައި ހުރި ސައުދީ އަރަބިއްޔާގެ 18 އަހަރުގެ އަންހެންކުއްޖާގެ ބައްޕަ، އެކުއްޖާއާއި ބައްދަލުކުރަން ބެންކޮކަށް ގޮސްފިއެވެ.
ރޮއިޓާސް އިން ޚަަބަރުފަތުރާ ގޮތުގަައި ރަހަފް މުހައްމަދު އަލް ގުނޫންގެ ބައްޕައާއި ބޭބެ ވަނީ އޭނާއާއި ބައްދަލުކުރުމަށް އެދި ބެންކޮކަށް ގޮސްފައެވެ. ނަމަވެސް ރަހަފް މިވަގުތު ހުރީ އދ.ގެ ބެލުމުގެ ދަށުގައިކަމުން އެ ފަރާތުން ހުއްދަ ދީގެން މެނުވީ ރަހަފްއާއި ބައްދަލުނުކުރެވޭނެއެވެ.
މިކަމުގައި އެފަރާތްތަކަށް ފަސޭހަ ހޯދުމަށް ސައުދީ އަރަބިއްޔާގެ އެންބަސީން މަސައްކަތް ކޮށްފާނެކަން އަދި ކަށަވަރުނުވެއެވެ.
ރަހަފްގެ ހިމާޔަތުގެ އެޕްލިކޭޝަންތައް ޔޫއެންއެޗްއާރްސީއިން ދަނީ ބަަލައި ދިރާސާކުރަމުންނެވެ. އެކަން ނިމެންދެން ތައިލޭންޑްގެ ސަރުކާރުން ވަނީ އޭނާއަށް އެގައުމުގައި ހުރެވޭނެ ގޮތް ހަމަޖައްސައިދީފައެވެ. ރަހަފް ތައިލޭންޑްއަށް ދިޔައީ އާއިލާއާއި އެކު ކުވެއިތުގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް ފިލައިގެންނެވެ.
ރަހަފްގެ އާއިލާއަށް އޭނާ ފިލިއިރު، ރަހަފްގެ ނުގަބޫލުން މީހަކާއި ދެވުމުގެ މަސައްކަތް އޭނާގެ އާއިލާއިން ދިޔައީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް