މާލޭގެ ގެސްޓް ހައުސްއެއް ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ
މާލޭގައި ހުންނަ ގެސްޓް ހައުސްއެއްގެ ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެއެވެ.
ފުފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވާ ގޮތުގައި މާލޭގެ ގަލޮޅު އަވަށުގައި ހުންނަ ގެސްޓް ހައުސް އެއްގެ ތެރޭގައި މަރުވެފައި އޮތްވައި ފެނިފައިވަނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި އެ މައްސަލަ ފުލުސް އޮފީހަށް ރިޕޯޓް ކޮށްފައިވަނީ ގެސްޓް ހައުސް އިން ކަމަށެވެ. މަރުވި މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމުގެ ނިޝާނެއް ފެންނަން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފިރިހެންމީހާ މަރުވެފައިވާ ކަން އެނގުނީ ގެސްޓު ހައުސްގެ ދޮރުގައި ޓަކިޖަހައިގެން ވެސް ދޮރުނުހުޅުވުމުން އެ ކޮޓަރިއަށް ވަދެ ބެލުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް