އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ފެނިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުންނަ ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް މީހަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 6:18 އެހައިކަންހާއިރު ލިބިފައިވާ ކަަމަށެވެ.
ހަބަރު ހުސްވެފައިވަނިކޮށް ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ. އަދި ބުނީ އެމީހާ އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށްވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް