އެމެރިކާގައި ބޯޑަރ ފާރު ރާނަން ކުއްލި ހާލަތު އިއުލާންކޮށްފި
އެމެރިކާއާއި މެކްސިކޯ ގުޅޭ ބޯޑަރ ސަރަހައްދުގައި ފާރެއް ރޭނުމަށް، އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވި ވިސްނުމަށް ކޮންގްރެސްއިން ނޫނެކޭ ބުނުމުން، ކުއްލި ހާލަތު އިއުލާންކޮށް އިމަރޖެންސީ ފަންޑުން އެ ފާރަށް ފައިސާ ހޭދަކުރަން ނިންމައިފިއެވެ.
ރައީސް ޓްރަމްޕް މިކަން އިއުލާންކުރައްވާފައިވަނީ ވައިޓް ހައުސްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ޓްރަމްޕް ވިދާޅުވީ އެމެރިކާގެ ދައުލަތުގެ ޚަރަދުތަކުގެ ބަޖެޓް ފާސްކުރެވުުނު އިރު، އެ ބަޖެޓްގައި ބޯޑަރ ފާރު ރޭނުމުގެ ޚަރަދު ހިމަނާފައިނުވުމުން، އިމަރޖެންސީ ފަންޑުން އެ ޚަރަދު ކުރުމަށް ނިންމާފައިވާކަމަށެވެ.
އެމެރިކާގެ ކޮންގްރެސްގެ މެޖޯރިޓީ އޮންނަނީ އިދިކޮޅު ޑިމޮކްރަޓްސްެގެ އަތުގައެވެ. އެފަރާތްތަކުން ބަޖެޓްގައި ބޯޑަރ ފާރު ރޭނުުމުގެ ޚަރަދު ހިމަނާފައި ނެތުމުގެ ސަބަބުން، މަހަކަށްވުރެ ގިނަ ދުވަސް ވަންދެން ބަޖެޓް ފާސްނުކުރެވި އެމެރިކާގެ ސަރުކާރުގެ ވަރަށް ގިނަ ކަންކަން ހުއްޓުމަކަށް އައެވެ.
ކުއްލި ހާލަތު އިއުލާންކުރައްވައި، ބޯޑަރ ފާރު ރޭނުމުގެ ކަންކަން ފެށުމަށް ރައީސް ޓްރަމްޕް ނިންމެވީ މެކްސިކޯއާއި ގުޅޭ ބޯޑަރ ސަރަހައްދުން މަސްތުވާތަކެއްޗާއި، ކުށްވެރިން އެމެރިކާއަށް އެތެރެވުން ހުއްޓުވުމަށްކަމަށް ބުނެއެވެ. ޓްރަމްޕްގެ މި ނިންމުމަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް