ރ.ވާދޫގައި އާ މިސްކިތެއްގެ ބިންގާ އަޅައިފި
ރ.ވާދޫގައި އާ މިސްކިތެއްގެ ބިންގާ އަޅައިިފިއެވެ.
މި މިސްކިތުގެ ބިންގާ އަޅާފައިވަނީ މިއަދު އޮތް ރަސްމިއްޔާތެއްގައެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރެވެ.
އެސްކޮން ބިލްޑާސް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން އެރަށުގައި އެޅުމަށް ހަމަޖެހިފައިވަނީ 300މީހުންގެ ޖާގައިގެ މިސްކިތެކެވެ. 150ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލްކުރެވިފައިވާ މި ޕްރޮޖެކްޓްގެ ޖުމްލަ އަގަކީ 4،445،936.75 ދިވެހި ރުފިޔާއެވެ.
ރ.ވާދޫގައި ޒަމާނީ ފެންވަރުގެ މިސްކިތެއް އެޅިގެންދިއުމަކީ އެރަށުގެ ގިނަބަޔަކު ދެކެމުންދިޔަ ހުވަފެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް