ގާނޫނީ ފަންނުގެ ބިލް މަޖިލީހަށް ބަލައިގެންފި
ގާނޫނީ ވަކީލުންގެ ކަންކަން ވަކި މިނިވަން މުސްތަގިއްލު ކައުންސިލެއްެގެ ބެލުމުގެ ދަށަށް ގެންދެވޭ ގާނޫނީ ފަންނުގެ ބިލް، ރައްޔިތުންގެ މަޖިލީހަށް ބަލައިގެންފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލް ބަަލައިގެންފައިވަނީ މިއަދު މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 78 މެންބަރުންގެ ވޯޓުންނެވެ.
އެ ބިލު ދިރާސާ ކުރަން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ވަނީ ފޮނުވާފައެވެ.
މި ބިލް ހުށައަޅުއްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ މިއީ ގާނޫނީ ވަކީލުން މިނިވަން ކުރުމުގެ ގާނޫނެއް ކަމަށާއި ބިލުން ބިރުވެެރިކަމެއް ނެތި މިނިވަން ކަމާއެކު ވަކާލާތު ކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ލިބިގެންދާނެ ކަމަށެވެ.
މި ބިލުގައި ވާގޮތުގައި ބާ ކައުންސިލެއް އުފެދުމުން ވަކީލުންނަށް ހުއްދަ ދިނުމާއި ވަކީލުންގެ މައްސަލަތައް ބެލުމާއި ވަކީލުންނާއި ގުޅުން ހުރި ހުރިހާ ކަމެއް ބަލަހައްޓާނީ އެކައުންސިލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް