ދެ ސައިކަލްޖެހި ނުރައްކާތެރި އެކްސިޑެންޓެއް؛ އެކަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބުރުޒުމަގުގައި ދެ ސައިކަލްޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އެކަކަށް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، ބުރުޒުމަގު ޓީވީއެމް ކުރިމަތީގައި ދެ ސައިކަލްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 10:39 ކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓަގައި 4 މީހުންނަށް އަނިޔާވި ކަމަށާ، އޭގެ ތެރެއިން އެކަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށްވެސް ބުނެފައިވެއެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ފުލުހުނަް ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް