ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށް ހަރުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަންފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، އެ ސަރަޙައްދުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގާއިމުކުރި ޕަމްޕް ސްޓޭޝަންތައް ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި، މަސްވެރިންގެ ޕާކު ސަރަޙައްދުގައި ގާއިމުކޮށްފައިވާ ދެވަނަ ޕަމްޕް ސްޓޭޝަން (ޕަމްޕް ސްޓޭޝަން 2) އިއްޔެ، 13 ވަނީ ބޭނުންކުރަން ފަށާފައެވެ.

މީގެ އިތުރުން، އެމްއެމްއޭ ސަރަޙައްދުގައި ހުންނަ ފުރަތަމަ ޕަމްޕް ސްޓޭޝަން (ޕަމްޕް ސްޓޭޝަން 1) މާދަމާ ބޭނުންކުރަން ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.

އެމްޓީސީސީން ހާމަކުރި ގޮތުގައި ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބެހެއްޓި މި ޕަމްޕް ސްޓޭޝަންތަކުގެ ސަބަބުން، ވިއްސާރަ މޫސުމުގައި އެ ސަރަޙައްދުގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މިއީ މަގުތަކުގައި ބޯކޮށް ވާރޭވެހި ފެންބޮޑުވާ މައްސަލަ ހައްލުކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް