ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިއްޖެ: ސްޓެލްކޯ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކަށް ކަރަންޓް ދެވިއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ހުޅުމާލެ ފޭސް އެކަކަށް މިހާރު ކަރަންޓް ދެވިފައިވާކަމަށެވެ. އަދި ފޭސް ދޭއްގެ ބައެއް ސަރަހައްދުތަކަށްވެސް މިހާރު ކަރަންޓް ދެވިފައިވާކަމަށް ސްޓެލްކޯއިން ބުނެއެވެ.
މުޅި މާލެ އަދި ހުޅުމާލެއިން މިއަދު ކަރަންޓްގެ ހިދުމަތް މެދުކަނޑިފައިވަނީ 09:30 ހާއިރެވެ. ކަރަންޓް ނުލިބޭ ސަރަހައްދުތަކަސް އަލުން އަނބުރާ ކަރަންޓްގެ ހިދުމަތް ދިނުމަށް މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް