ވިލިމާލެ ބަނދަރުގައި އަޅާފައި އޮތް ތެޔޮބޯޓެއްގައި ރޯވެއްޖެ
ވިލިމާލެ ބަނދަރު ސަަރަހައްދުގައި އަޅާފައި އޮތް ތެޔޮބޯޓެއްގައި ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނީ އެބޯޓާއި އެހެން ދޯންޏެއްގައި އަލިފާން ރޯވުމުގެ ސަބަބުން އެމްއެންޑީއެފްއިން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 10:40ހާއިރެވެ.
މި އަލިފާންގަނޑު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު އިން ވަނީ ކޮންޓްރޯލްކޮށްފައެވެ.
މި ހާދިސާގައި ހަ މީހަކަށް އަނިޔާވުމުގެ ސަބަބުން ވިލިމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. މީގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔަރ ފައިޓަރެއް ހިމެނެއެވެ. އޭނާއަށް ފަރުވާދެނީ ބޯފަޅައިގެން ދިޔުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް