ޕީއެންސީ އުފައްދަން ހުއްދަ ނުދީގެން އުޅެނީ ޒާތީ ކަމެއްގެ ސަބަބުން: އަބްދުރަހީމް
ޕީއެންސީ ރަޖިސްޓްރީ ނުކުރަން ނިންމާފައިވަނީ ޒާތީ މައްސަލައެއްގެ ސަބަބުން ކަމަށް ޕީއެންސީ އުފެއްދުމަށް ހުއްދަ ދީފައިވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕީޕީއެމްއާއި ޕީއެންސީން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ރަޖިސްޓްރޭޝަން އާއި ގުޅޭގޮތުން އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަބީބާއި ސުވާލުކުރެއްވުމުން، އެ ޕާޓީއާއި، މެދު އެގޮތައް ކަންތައްކުރީ ނިމިދިޔަ ރިޔާސީ އިންތިޚާބާއި، ގުޅިގެން ޕީޕީއެމުން އިލެކްޝަނާއި، ދޭތެރޭ ކުރި ތުހުމަތު ތަކުގެ ސަބަބުން ކަމަށް ހަބީބު ވިދާޅުވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިނިވަން މުއައްސަސާއެއްގެ އިސްކޮށް ތިއްބަވާ ބޭފުޅުންގެ ހައިސިއްޔަތުން އެބޭފުޅުންނާއި ދޭތެރޭގައި މަގުމަތީގައި ބަޔަކު ދައްކާ ވާހަކައެއްގެ ސަބަބުން އެ ބޭފުޅުން ގާނޫނީ ވާޖިބު އަދާކުރުމުގައި ޒާތީވެގެން ނުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ނުލިބުނަސް ޕީއެންސީ ރަޖިސްޓްރީ ނުކުރެވުނަސް ރައީސް ޔާމީންގެ ތާއީދާއެކު ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ޕީޕީއެމްގެ މައްސަލައަކީ ކޯޓްގައި އޮތް މައްސަލައަކަށް ވުމުން އެމައްސަލަ ނިމޭނެ ގޮތާއި މެދު އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތްކަމަށް އޭނާ ވަނީ ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ އޭނާ އަމިއްލަ ގޮތުން ވާދަކުރާ ކަމުގައި ވާނަމަ 50 މެމްބަރުންގެ ސޮއި ބޭނުންވާނެ ކަމަށާއި، މިހާރު މާހައުލު އޮތް ގޮތުން އެ ފަންސާސް މެންބަރުންގެ ސޮއިވެސް ހަމަނުކުރެވުމަކީ ދިމާވެދާނެ މައްސަލައެއް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް ދޫކުރައްވަން ބޭނުންވަނީ ޕީޕީއެމްގެ ދަރަނި އޮވެގެން ނޫންކަމަށާއި، ދައުލަތުގެ ބަޖެޓުން ދޭން ޖެހޭ ފައިސާތައް ދިނުމުން ޕީޕީއެމް އޮންނާނީ އަރަނީގައި ކަމަށްވެސް އަބުއްރަހީމް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް