ހެއްކާއެކު ހައްޔަރުކުރާ މީހުން ކޯޓްތަކުން ދޫވަނީ ކީއްވެކަން ބުނާކަން ނެތިން: ފުލުހުން
މައްސަލަތަކުގެ ތުހުމަތުގައި މީހުން ހައްޔަރު ކުރަނީ ހެއްކާއެކު ކަމަށާއި ނަމަވެސް ޝަރުޢީ ކޯޓުތަކުން އެ މީހުން މިނިވަން ވަނީ ކީއްވެކަމާމެދު ޖަވާބެއް ދިނުމަށް ބޭނުން ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސަމީހު ވިދާޅުވީ ފުލުހުން މައްސަލައިގައި ތުހުގީގަށް މައްސަލައެއްގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަނީ އެކަށީގެންވާ ހެއްކާއި ގަރީނާއާއެކު ކަމަށާއި ނަމަވެސް ކޯޓުތަކުން އެ ފަރާތްތަށް މިނިވަން ކުރަނީ ކީއްވެގެން ކަން ބުނެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި މައްސަލަތަކުގައި ހައްޔަރު ކުރެވޭ މީހުން ދޫވެގެން ދާނީ ފުލުހުންނަށް އެކަށީގެންވާ ހެކި ނުލިބިގެން ތޯ ނުވަތަ ކޯޓުތަކުން އެއްބާރުލުން ނުލިބޭތީ ތޯ ސުވާލު ކުރުމުން ކަމަށްވެސް ސާމިހު ވިދާޅުވިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މަރުގެ ތިން މައްސަލައެއްގެ ތަފުސީލު ވަނީ ހިއްސާކޮށްފައެވެ.
ފުލުހުން ހިއްސާކޮށްފައިވަނީ ހުސައިން ސިމާދު ގެ މަރުގެ މައްސަލައާއި ގޭންގް މާރާމާރީގައި މަރުވި ދެ މީހެއްގެ މައްސަލައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް