ސަފާރީއެއްގެ ޑެކް މަތިން މޫދަށް ވެއްޓުނު ދިވެއްސެއް ގެއްލިގެން ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އަރިއަތޮޅު ދެކުނުބުރީގެ ރިސޯޓެއްގެ ކައިރީގައި އޮތް ސަފާރީއެއްގެ ޑެކް މަތިން މޫދަށް ވެއްޓުނު ދިވެއްސެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފިއެވެ.
ގެއްލިފައިވާ މީހާއަކީ ނ. ހޮޅުދޫ / ސީވީޑް، ޢަލީ އަރުޝަދު (35 އަހަރު) އެވެ.
ފުލުހުންގެ މަޢުލޫމާތު ދޭގޮތުގައި، އޭނާ ގެއްލުނު ކަމަށް ރިޕޯޓް ކުރީ މިއަދުއެވެ.
އަދި ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލިއިރު، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ އަރުޝަދު ވެއްޓި ޑެކްގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މީހާ ހޯދުމަށްޓަކައި އެމް.އެން.ޑީ.އެފް އަދި ފުލުހުން އެސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް