ރާއްޖޭގައި ރަލާއި އޫރުމަސް ވިއްކުމާއި ދެކޮޅަށް ޖާބިރު ވާހަކަފުޅު ދައްކަވައިފި
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ރަލާއި އޫރުމަސް ވިއްކުމާއި ދެކޮޅަށް ކާށިދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާާ އަބްދުﷲ ޖާބިރު ވާހަކަފުޅު ދައްކަވައިފިއެެވެ.
މި މޭރުމުން ޖާބިރު ވާހަކަފުޅު ދެއްކެވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
ޖާބިރު ވިދާޅުވީ ރާއްޖޭގައި މިހާރުވެސް ރަލާއި އޫރުމަސް ރިސޯޓްތަކުގައި ވިއްކަމުންދާ ކަމަށާއި އެކަން މިއަދުވެސް ބަންދުކުރަންވީނުންތޯ ޖާބިރު ވަނީ ސުވާލު އުފައްދަވާފައެވެ.
"އަޅެ ނިކަން ކެރެންޏާ މި މަޖިލީހުގެ މެންބަރުން މިއަދު އިށީނދެލާފަ ނިންމަންވީނުންތޯ ގޮތެއް. މިއަދުން ފެށިގެން ދިވެހިރާއްޖޭގައި ރަލާއި އޫރުމަސް އިމްޕޯޓްކޮށްގެން ނުވާނޭ އަޅުގަނޑުމެން ބުނަނީ" ޖާބިރު ވިދާޅުވިއެވެ.
އެބޭފުޅާ އިތުރަށް ވިދާޅުވީ ސުންނީ މުސްލިމް ގައުމެއްގައި އެފަދަ ތަކެތި ވިއްކައިގެން ލިބޭ ލާރި ބޭނުންކުރުމަކީ ވަަރަށް ގޯސްކަމެއްކަމަށެވެ.
"ހަމައެކަނި ވަކިކަމެއް ކުރަންވީމަތޯ އިސްލާމްދީނާއި ޚިލާފްވަނީ. އިސްލާމްދީނާއި ކިތައް ޒަމާންވެއްޖެތޯ އަޅުގަނޑުމެން ޚިލާފަށް ރަލާއި އޫރުމަހާާއި ސަރުކާާރުން ހުއްދަދީގެން. ހުއްޓާލަމާ ހިނގާބަ"، ޖާާބިރު ވިދާޅުވިއެވެ.
ނަަމަވެސް އެކަން ވާންނެތީ އަނގަޔާއި އަތާއި ދިމާނުވާތީ ކަމަށާއި ދަތުރުކުރަން ތެލެއްވެސް ނުހުންނާނެތީކަމަށް ޖާބިރު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް