އެމްޑީޕީގައި އެއްވެސް ފައިސާއެއް ނެތް، ޗެއާޕާސަން އިންތިހާބު ފަސްކުރަން އެދިއްޖެ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އެމްޑީޕީގެ ޗެއާޕަސާން އިންތިހާބު ފަސްކުރަން ފެންނަ ކަމަށް އެ ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެދިއްޖެ އެވެ.
އޭނާ އެކަމަށް އެދިފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެފް ގުރޫޕަށް ފޮނުއްވި މެސެޖެއްގަ އެވެ.
އެ މެސެޖުގައި ޣަފޫރު ވިދާޅުވީ ޗެއާޕާސަން އިންތިހާބާ ދާއިރާގެ އިންތިހާބާއި ބެހޭ ގޮތުން އޭނާއަށް ފެންނަ ގޮތަކީ ރިޔާސީ ޕްރައިމަރީ އަށްފަހު ބޭއްވުން ކަމަށެވެ.
މި ދެ އިންތިހާބް މިވަގުތު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަަސްލަހަތު ގެއްލި އޭގެ ސަބަބުން ސަރުކާރު ޖަވާބު ދާރީކުރުގެ މަސައްކަތައް ހުރަސް ތަކެއް ކުރިމަތި ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ މިއަހަރު ސަރުކާރުން ލިބެންޖެހޭ އެއްވެސް ފައިސާއެއް ޕާޓީއަށް ލިބިފައި ނުވާތީ ޕާޓީ ހިންގުމަށާއި އިންތިހާބް ބާއްވާނެ އެއްވެސް ފައިސާ އެއް ޕާޓީގައި ނެތް ކަމަށެވެ.
"ވީމާ އަޅުގަނޑު މި ހުށައަޅަނީ ޕާޓީގެ ހިންގުމަށްޓަކައި އިސްފަރާތްތައް ވާހަކަދައްކާ އިންޓަރީމް އެރޭންޖްމަންޓެއް [އަޅުގަނޑު ނުހިމަނާ] ދިއުމަށެވެ. އަދި އެކަން ގައުމީ މަޖްލިސް އަށް ހުށައަޅާ ފާސްކުރުމަށެވެ," ޣަފޫރުގެ މެސެޖުގައިވެ އެވެ.
ޣަފޫރު މިފަދަ މެސެޖެއް މި ކުރެއްވީ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިން ވަރަށް ފޯރީގައި ފަށާފައި ވަނިކޮށެވެ. އެ މަގާމަށް ވާދަކުރަނީ ކުރީގެ ރައީސް ނަޝީދާއި މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް