ޕޮލިސް އޮޕަރޭޝަނެއް: އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ކުރިއަށް ގެންދާ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ދެންމެ ވަނީ އެ އޮޕަރޭޝަންގެ ބައެއް ތަފްސީލްތައް ހާމަކޮށްފަ އެވެ. ފުލުހުން ބުނީ އެ އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން ތިން ތަނެއް ބަލައިފާސްކޮށް، ރާއްޖެ އެެތެރެކުން މަނާ ގިނަ އަދަދެއްގެ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އޭގެ އިތުރުން، އެތަކެތި ވިއްކުމަށްޓަކައި ސޯޝަލް މީޑިއާގެ އެކިއެކި މަންސަތަކުގައި ބޭނުންކުރާ ޗެނަލްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅުންހުރި 4 މީހަކު ވަނީ ހައްޔަރު ކޮށްފައި ކަމަށްވެސް ބުންޏެވެ.
އަތުލައިގަތް ތަކެތީގެ ތަފްސީލެއް ނުދެ އެވެ. އަދި މި އޮޕަރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއްވެސް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް