މާލޭގެ މިސްކިތްތަކާާއި ގަބުރުސްތާނުތައް އަނެއްކާވެސް ސިޓީ ކައުންސިލަށް
މާލޭގައި ހުރި ގަބުރުސްތާނުތަކާއި މިސްކިތްތަކުގެ ބެލެނިވެރިކަން އަނެއްކާވެސް މާލޭ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިއެވެ.
މިކަން ކޮށްފައިވަނީ މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިސްކިތްތަކާއި ގަބުރުސްތާނުތައް ހަވާލުކޮށްފައިވަނީ އެއްބަސްވުމެއްގެ ދަށުންނެވެ.
އެގޮތުން އެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޖަމީލް އެވެ. އަދި މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މި ބަދަލު އައި، ނަމަވެސް މިސްކިތް އިމާރާތް ކުރުމަށް ހުއްދަ ނަގަން ޖެހޭނީ އިސްލާމިކް މިިނިސްޓްރީއިން އެވެ. އަދި މިސްކިތް އިމާރަތްކޮށް ނިންމާ މިނިސްޓްރީން އަށް ހަވާލު ކުރުމުން، މިސްކިތް ކައުންސިލްތަކާ ހަވާލުކުރެވޭނެއެެވެ
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ މެންޑޭޓްގެ ދަށުން މިސްކިތުގައި ގުރުއާން ކްލާސް، ދީނީ ދަރުސްތައް އަދި އެހެނިހެން ދީނީ ހަރަކާތްތައް ހިންގުމުގެ ހުއްދަތައް އަދިވެސް ނަގަން ޖެހޭނީ މިނިސްޓްރީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް