އެކްޓިންގް ސީޕީއާއި ޕީޖީ މަޖިލީހަށް ހާޒިރުކުރަނީ
އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް، މަޖިލީހަށް ހާޒިރުކުރުމަށް ޕްރޮގްރެސިވް ކޯލިޝަނުން އެދިއްޖެއެވެ.
އެ ކޯލިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވީ އެ ދެފަރާތް ހާޒިރުކުރަނީ ރައީސް ޔާމީން ބަންދުކުރެވުނު މައްސަލައާއި ގުޅިގެންކަމަށެވެ.
މި މައްސަލައިގައި ޕީޖީ ހާޒިރުކުރަނީ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީއަށެވެ. އަދި އެެކްޓިންގް ސީޕީ ހާޒިރުކުރަނީ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށެވެ.
އެ ދެ ފަރާތާ ސުވާލުކުރުމަށް ހާޒިރު ކުރުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 123 ވަނަ މާއްދާގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް