ދެ ސަފީރަކު އައްޔަންކޮށްފި
ދިވެހިރާއްޖޭގެ ފަރާތުން ދެ ގައުމަކަށް ކަނޑައަޅާފައިވާ ސަފީރުކަމަށް ޑރ. ފަރަޙްނާޒް ފައިސަލް އާއި ތިލްމީޒާ ޙުސައިން އައްޔަންކޮށްފިއެވެ.
މިއަދު ރައީށް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވަނީ މި ދެބޭފުޅުންނަށް ވެސް ސަފީރުކަމުގެ ފަތްކޮޅު ހަވާލު ކުރައްވާފައެވެ
ފަހަރަނާޒް އައްޔަން ކުރެއްވީ އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށެވެ. އަދި ތިލްމީޒާ އައްޔަންކޮށްފައި ވަނީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށާއި، އދ. އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބުކަމުގެ މަޤާމަށެވެ.
ޕޮލިޓިކްސްގެ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރެއްވާފައިވާ ޑރ.ފަރަޙްނާޒް އަކީ މީގެ ކުރިން ވެސް އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ކުރެއްވި ބޭފުޅެކެވެ. އޭގެ އިތުރުން ޑެންމާކް، ފިންލެންޑް، ފަރަންސޭސިވިލާތް، ނޯވޭ، ސްޕެއިން އަދި ސްވިޑްން އަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް އެމްބެސެޑަރކަމުގެ މަޤާމު ވެސް އެކަމަނާ ވަނީ އަދާކުރައްވާފައެވެ.
އެމެރިކާއަށް ކަނޑައެޅި ސަފީރު ތިލްމީޛާ ޙުސައިން މީގެ ކުރިން ވަނީ، ޕަރމަނަންޓް މިޝަން އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް ޓު ދަ ޔުނައިޓެޑް ނޭޝަންސްގެ ޑެޕިޔުޓީ ޕަރމެނެންޓް ރެޕްރެޒެންޓެޓިވްގެ މަގާމު އަދާކުރައްވާފައެވެ. އަދި އެމެރިކާއާއި ކެނެޑާއަށް ކަނޑައަޅާފައި ހުންނަވާ ނޮން-ރެޒިޑެންޓް ޑެޕިޔުޓީ އެމްބެސެޑަރ ގެ މަޤާމު ވެސް ތިލްމީޒާ ވަނީ އަދާ ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް