މަންތާ އެއާއަށް ތިންވަނަ ބޯޓެއް ގެނެސްފި
މަންތާ އެއާއިން އެ އެއަރލައިންގެ ޚިދުމަތަށް ތިންވަނަ ބޯޓެއް ނެރެފިއެވެ.
މި ބޯޓް ޑެންމާކްގެ ބިލަންޑުން ފުރައިގެން ރާއްޖެއަށް އައިސްފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.
މިއީ އޭޓީއާރް 72-600 މަރުކާގެ މަތިންދާ ބޯޓެކެވެ. މިއީ މަންތާ އެއާއިން އާންމުކޮށް ބޭނުންކުރާ ބާވަތުގެ މަތިންދާ ބޯޓެވެ.
މަންތާ އެއާއިން މިވަގުތު ދަތުރުތައް ބާއްވަމުންދަނީ މާލެއާއި ދ.ކުޑަހުވަދޫއާއި ދެމެދުގައެވެ. އެ އެއަރލައިންއިން ދަނީ އިތުރު މަންޒިލްތަކަށްވެސް ދަތުރު ފުޅާކުރުމަށް ރާވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް