އަބްދުއްރަޙީމަށް މަޖިލީހުގެ ރައީސްކަން ލިބުމުމުން، މާދަމާ ރޭ ފޮނަދޫގައި ހަވާ އަރުވަނީ
ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، އަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިވަޑައިގަތުމާ ގުޅިގެން އުފާފާޅު ކުރުމުގެ ގޮތުން މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މާދަމާ ރޭ ފޮނަދޫގައި ހަވާ އެރުވުމުގެ ތައްޔާރީތައް ވަމުން އެބަދެއެވެ. އަދި މާދަމާ އަބްދުއްރަޙީމް، ލާމު އަތޮޅަށް ވަޑައިގަތުމަށް ހަމަ ޖެހިފައިވާތީ، އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ކިޔުމަށް، ޕީއެންސީގެ ސަޕޯޓަރުން ދަނީ ތައްޔާރުވުމުންނެވެ.
އެގޮތުން މާދަމާ ރޭ ހަވާ އެރުވުމުގެ އިތުރުން ލާމު އަތޮޅު ރައްޔިތުންނަށް ޚާއްޞަ ބޮޑުކޭމެއް ވެސް އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގަތުމުން، އުފާފާޅުކުރުމަށް ބާއްވާ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ލާމު އަތޮޅަށް ވަޑައިގަންނަވާނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް