ރޯދަަމަހު އެމްޕީއެލް ބަސް ދަތުރުތައް މެންދަމު ދޭއް ޖަހަންދެން އޮންނާނެ!
މާދަމާ ފެށޭ ރަމަޟާން މަހުގައި އެމްޕީއެލްގެ މާލެ-ހުޅުމާލެ ބަސް ދަތުރުތައް، މެންދަމު ދޭއް ޖަހަންދެން ކުރިއަށް ގެންދިއުމަށް އެކުންފުނިން ނިންމައިފިއެވެ.
އެމްޕީއެލްއިން ބުނީ މިގޮަތަށް އަމަލުކުރަން ނިންމީ އާންމުކޮށް މީހުންގެ ބަހުގެ ޚިދުމަތްތަކަށް ބޭނުންވާނެ ގަޑިތަކަށް ބަލައިގެންކަމަށެވެ. އަދި ރޯދަމަހުގައި ބަހުގެ ޚިދުމަތް ފެށުމަށް ހަމަޖެހިފައިވަނީވެސް ހެނދުނު ހަތެއް ޖަހާއިރުގައިކަން ފާހަަގަކޮށްލެވެއެވެ.
ރޯދަަމަހުގެ 7:30އިން ފެށިގެން، މީހުން އިތުރުވާ ގަޑިތަކުގައި ކޮންމެ 10މިނެޓަކުން ބަސް ދަތުރުތައް ކުރާނެކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
އެހެނިހެން ގަޑިތަކުގައި ބަސް ދަތުރުތައް އޮންނާނީ ކޮންމެ 15މިނެޓަކުންނެވެ.
އެމްޕީއެލްއިން ދަނީ މާލޭގެ އިތުރު ސަރަޙައްދަކަށް ބަސްދަތުރުތައް ފެށުމަށްވެސް ރާވަމުންނެވެ. އެއީ، ހުޅުމާލެއިން އަންނަ ބަސް މާލޭގެ ނަސަންދުރައާ ދިމާއަށް ދަތުރުކުރާގޮތަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް