ރާއްޖެއިން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި މެދު ބަހެއް ނުބުނާނެ: ހޫދު
ދިވެހިރާއްޖޭގެ ފަރާތުން އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި މެދު ބަސް ނުބުނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވެއްޖެއެެވެ.
ހޫދު މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިޔާއާއި ޗައިނާގައި މުސްލިމުންނާާއި މެދު އަމަލުކުރަމުންދާ ގޮތާއި މެދު ސަރުކާރުން ދެކޭގޮތާއި ގުޅޭގޮތުން ސުވާލު ކުރުމުން ހޫދު ވިދާޅުވީ ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމާއި މެދު ބަސްބުނާ ގައުމެއް ނޫންކަމަށެވެ. އެގޮތުން އިންޑިޔާއާއި ޗައިނާގައި އެ އުޅެނީ އެ ގައުމުތަކުގެ ދާޚިލީ މައްސަލަތަކެއްކަމަށް ހޫދު ވިދާޅުވިއެވެ.
އެބޭފުޅާ ވިދާޅުވީ އިންސާނީ ޙައްޤުތަކުގެ ވާހަކަދެކޭވޭއިރު ބަލަންޖެހޭ ކަންތައްތަކެއް ހުންނާނެކަމަށެވެ އެގޮތުން ބައިނަލްއަޤުވާމީ ޤާނޫނުތަކާއި އދ.ގެ ރިޒޮލިއުޝަންތައް މިސާލެއްގެ ގޮތުން ހޫދު ނެންގެވިއެވެ.
"އަޅުގަނޑުމެން އެއްޗެއް ބުނާއިރު. އެމިންގަނޑުތަކަށް ނުފެތޭތީ އަޅުގަނޑުމެން އެއްޗެއް ނުބުނަނީ"، ހޫދު ވިދާޅުވިއެވެ.
ނަަމަވެސް ހޫދު ވަނީ ފަލަސްތީނުގެ މައްސަލައިގައި ސަރުކާާރުން ވާހަކަދައްކާފައިވާނެކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން އެކަމުގެ ކަންބޮޑުވުންތަކާއި މެދު އެންމެ ބޮޑަށް އަޑުއުފުލާ އެއް ގައުމަށް ދިވެހިރާއްޖެ ވާނެކަމަށް ހޫދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް