މުހީތުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މަރަން ހުކުމްކޮށްފި
މާލޭގައި ހިންގި މާރާމާރީއެއްގައި ތޫނުއެއްޗަކުން ހަމަލާދީ އަބްދުލްމުހީތު މަރާލި މައްސަލާގައި ކުށް ސާބިތުވި ދެ މީހުން މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
2012 ވަނައަހަރު ފިނޭންސް މިނިސްޓްރީ ކުރިމަތީގައި އޮންނަ ގޯޅި ތެރޭގައި ގ. ވޭރު، އަބްދުލް މުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ތިން މީހެއްގެ މައްޗަށް ދައުވާކޮށްފައިވެއެވެ. ނަމަވެސް ކުއްސާބިތުވިކަމަށް ކުރިމިނަލް ކޯޓުން ނިންމާފައިވަނީ އޭގެތެރެއިން ދެމީހުންގެ މައްޗަށެވެ.
އެ މައްސަލައިގައި ކުށް ސާބިތުވެފައިވަނީ ގދ. ގައްދޫ، އަބްލަޣީގޭ މުހުޖަތު އަހްމަދު ނާސިހު އާއި ޅ. ނައިފަރު، ޒައިތޫނިގެ މުހައްމަދު މައިމޫންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް