އިންފޮރމޭޝަން ކޮމިޝަނަރކަމަށް އައްޔަންކުރުމަށް ހަތަރުނަމެއް ފޮނުވައިފި
އިންފޮރމޭޝަން ކޮމިޝަނަރ އޮފީހުގެ ކޮމިޝަނަރކަމުގެ މަގާމަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފަރާތުން ހަތަރުނަމެއް، ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.
އެނަންތައް ވަނީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ތަޅުމަށް އިއްވާފައެވެ. އެއީ:
1. ހުސައިން ފިޔާޒު މޫސާ، އަތަމާގެ/ ތ. ވިލުފުށި
2. އަހުމަދު ފަޔާޒް ހަސަން، މ. ހަޒާރީވިލާ
3. އަހުމަދު އާހިދް ރަޝީދު، ހ. ގުރަވަ
4. ފާތިމަތު ސައުސަން، މ. ވެންކޫވާ، މިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރކަމުގެ މަގާމަށް 9 ފަރާތެއް ކުރިމަތިލީކަން އެނގިފައިވެއެވެ. އެމަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުވި ނަންތައް ވަނީ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އަށް ދިރާސާކުރުމަށް ފޮނުވައިފަ އެވެ.
އެމަގާމަށް އާ ފަރާތަކު އައްޔަންކުރުމަށް ހުށައަަޅާފައިވަނީ އެމަގާމުގައި މިހާރު ހުންނެވި އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރުގެ ދައުރު ހަމަވާން ކައިރިވެފައި ވާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް