ކެމްލެބްގެ ޝޯރޫމް
ކެމްލެބްގެ ޝޯރޫމް
ވިޔަފާރި 11 Aug 2026 | 10:59

ކެމްލެބްގެ އައު ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ފެން ތަޣައްޔަރުވުމުން ސަލާމަތްކޮށްދޭ "ވޯޓަރ ޓްރީޓްމަންޓް" ސޮލިއުޝަންތައް ފޯރުކޮށްދޭ ކެމްލެބްގެ އައު ޝޯރޫމެއް ރޭ ހުޅުމާލޭގައި ހުޅުވައިފިއެވެ.

ނިރޮޅުމަގުގައި ހުޅުވި މި އައު ޝޯރޫމަކީ ފެން ފުރޭނުމަށް ބޭނުންކުރާ ނިޒާމުތަކާއި، ލެބޯޓްރީ އުފެއްދުންތަކުގެ އިތުރުން އިންޖިނިއަރިންގ ހައްލުތައް އެއް ފުރާޅެއްގެ ދަށުން ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ހުޅުވި ތަނެކެވެ. މި ތަނުން ކެމްލެބްގެ ތަޖުރިބާކާރުންގެ ފަންނީ އިރުޝާދު ކަސްޓަމަރުންނަށް ސީދާ ލިބިގެންދާނެއެވެ.

ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ކެމްލެބުން ވަނީ ރާއްޖޭގެ ރިސޯޓްތަކާއި، އެކި ބާވަތުގެ ވިޔަފާރިތަކާއި، ސިނާއީ މަސައްކަތްކުރާ ތަންތަނަށް ބޭނުންވާ ފެނުގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގައި ބޮޑު އިތުބާރެއް ހޯދާފައެވެ. ކެމްލެބުންަ ފޯރުކޮށްދޭ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ވޯޓަރ ޓްރީޓްމަންޓް ކެމިކަލްސް ފޯރުކޮށްދިނުމާއި، ފެނާއި ކާބޯތަކެތި ތަޙުލީލުކުރުމާއި، އިންޖިނިއަރިންގ ސްޕެއަރ ޕާޓްސްގެ އިތުރުން ޓެކްނިކަލް ޓްރެއިނިންގ އާއި ކައުންސެލްޓަންސީ ހިމެނެއެވެ.

ކެމްލެބްގެ މައިގަނޑު ފަލްސަފާއަކީ ހަމައެކަނި އުފެއްދުންތަކެއް ވިއްކުމުގެ ބަދަލުގައި، ކަސްޓަމަރުންނަށް ދިމާވާ މައްސަލަތަކަށް ފުރިހަމަ ހައްލެއް ހޯދައިދިނުމެވެ. އެގޮތުން، އެކްރެޑިޓް ކުރެވިފައިވާ ލެބޯޓްރީތަކާއި ތަޖުރިބާކާރު ޓެކްނިކަލް ޓީމެއްގެ އެހީގައި، ފެނުގެ ފެންވަރު ދާއިމީކޮށް މޮނިޓަރކޮށް، މެޝިނަރީތައް ހަލާކުވުމުން ސަލާމަތްކޮށްދީ، ހަކަތަ ސަލާމަތްކުރެވޭނެ ގޮތްތައް އެ ކުންފުނިން ދަނީ މަގުފަހިކޮށްދެމުންނެވެ.

ކުރިމަގުގެ ތަޞައްވުރާ ގުޅޭގޮތުން ކެމްލެބުން ބުނީ، އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންނަށް އައު ތަޖުރިބާއެއް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ އިތުރުން، ސާފު ފެނުގެ މުހިންމުކަމާ ބެހޭގޮތުން މުޖުތަމައު ހޭލުންތެރިކުރުވުމަކީ ވެސް މުހިންމު އަމާޒެކެވެ.

ފާއިތުވި ފަސް އަހަރުގެ ކާމިޔާބީއާއެކު، ކެމްލެބްގެ އަމާޒަކީ ރާއްޖެއަށް ސާފު ފެނާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ބޭނުންވާ ޒަމާނީ ހައްލުތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް