އަދީބު ގޭބަަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރުކޮށްފި
ކުރިީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދުގައި ބެހެއްޓުމަށް ވަގުތީ އަމުރެއް ނެރެފިއެވެ.
މި އަމުރު ނެރެފައިވަނީ އަދީބުގެ ފަރާތުން މައްސަލަ ހުށައެޅުމުން ހައިކޯޓުންނެވެ.
މި އަމުރުގައި ބުނެފައިވަނީ އަދީބުގެ ސިއްހީ ހާލަތަށް ރިއާޔަތްކޮށް، އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ އަމުރަކަށް އެދި ހުށައެޅި މައްސަލައިގައި ވަކި ގޮތެއް ނިމެންދެން އަދީބު، ގޭބަންދުގައި ބެހެއްޓުމަށް ވަގުތީގޮތުން އަމުރުކުރާ ކަމަށެވެ.
އަދީބު މިވަގުތު ހުންނެވީ ކަރެކްޝަންސްގެ ބެލުމުގެ ދަށުގައެވެ. އަދީބުގެ ސިއްހީ ހާލުކޮޅު ގޯސްވަމުންދާކަމަށް އާއިލާއިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް