ރައުޝަންގެ މަރުގެ މައްސަލައިގައި ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމަނާކޮށްފި
މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ސިމެންތި ބަސްތާއެއް ބޯމައްޗަށް ވެއްޓި ނިޔާވި ރަވްޝަން ޖިޔާންގެ މަރުގެ މައްސަަލައާއި ގުޅިގެން ޑަބްލިޔު ކޮންސްޓްރަކްޝަން ޖޫރިމަނާކޮށްފިއެވެ.
ސިމެންތި ބަސްތާ ވެއްޓުނު އިމާރާތް ހަދަމުންދިޔަ ޑަބްލިޔު ކޮންސްޓްރަކްޝަން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ޖޫރިމަނާކޮށްފައިވަނީ ފަސްލައްކަ ރުފިޔާއިންނެވެ.
މި ފަސްލައްކަ ރުފިޔާއަކީ ގަވައިދާ ޚިލާފަށް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތައް ޖޫރިމަނާކުރެވެން އޮތް ގާނޫނީ ގޮތުން އެންމެ ބޮޑު އަދަދުކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މި ޖޫރިމަނާގެ ލިޔުން މިހާރު ވަނީ އެކުންފުންޏާއި ހަވާލުކުރެވިފައެވެ.
ރަވްޝަންގެ މަރާއި އެކު އިމާރާތްތަކުގެ ސަލާމަތީ ފިޔަވަޅު ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނުކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް