އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި- ދިވެހި އެންމެންގެ ޕާޓީ!
ދިވެހިރާއްޖޭގައި މުޅިން އާ ސިޔާސީ ޕާޓީއެއް ހިންގުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
ދިވެހި އެންމެންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް މިއަދު ވަނީ ހުއްދަ ދީފައެވެ.
މި ޕާޓީ ހެދުމަށް ހުއްދަ ދިނުމާއި އެކު ދެން ޖެހޭނީ 3000މެންބަރުންނާއި އެކު ޕާޓީ އުފެއްދުމުގެ ޖަލްސާއެއް ބާއްވާށެވެ. މި ޖަލްސާއަށްފަހު އެ ޕާޓީ ދަފްތަރު ކުރެވޭނެއެވެ.
މީގެ އިތުރުން މިއަދު ވަނީ މޯލްޑިވްސް ރިފޯމް މޫވްމެންޓްވެސް ރަޖިސްޓަރކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް