ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކޮށް ބައެއް ސަރަހައްދު ތަކަށް މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ވ އަތޮޅަށެވެ. އެ އިދާރާއިން ބުނީ މި ހިސާބުތަކަށް މިއަދު ގެ މެންދުރު 12:30 ފެށިގެން މިއަދުގެ ހަވީރު 5:00 އާއި ހިސާބަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ.
ވައި ޖެހޭނީ އިރު އުތުރާއި އިރުން 05 މޭލައި 15 މޭލައި ދެމެދުގެ ބާރުމިނެއްގައި ކަމަށް ވެސް މެޓުން މައުލޫމާތުދެއެވެ.
މީގެ އިތުރުންވެސް އެ އިދާރާއިން ބުނީ މިއަދު އިރުއޮއްސޭ ހިސާބަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކެރީގެ އަސަރުކުރާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް