ހައިވޭގައި ދުއްވި ސައިކަލެއްގެ ކޮންޓްރޯލް ކުޑަކުއްޖަކަށް ދިން މައްސަލައެއް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ސިނަމާލެ ބްރިޖުގެ ހައިވޭގައި ސައިކަލު ދުއްވާފައި ދަމުން ކުޑަ ކުއްޖަކު އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިއަދު މީސްމީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި، ސްކޫލް ޔުނީފޯމްގައި އިން ކުޑަ ފިރިހެން ކުއްޖަކު ސައިކަލުގެ ކުރިއަށް ލައިގެން ދިޔަ ފިރިހެނަކު، އެ ސައިކަލުގެ ހުންގާނު ކުއްޖާއަށް ދީގެން އިނދެއެވެ. އޭރު ފަހަތުގައި އިން މީހާ ސައިކަލްގެ ސްޕީޑުން އަތް ދޫކޮށްލައިގެން ކަނާއަތް، ފައި މަތީގައި ބާއްވާލައިގެން އިންދެއެވެ.
އަދި ވަކި ހިސާބަކުން ފިރިހެން މީހާ، ހުންގާނުގައި ހިފާތަންވެސް ފެނެއެވެ.
އެއީ ކޮންއިރެއްގެ ވީޑިއޯއެއްކަން ސާފު ނުވި ނަމަވެސް ވީޑިއޯ އާއްމު ވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުންތައް އެ ފިރިހެން މީހާއަށް ވަނީ އަމާޒުވެފައެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، މި މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާ، އަދި މައްސަލަ ބަލަމުންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް