ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް އެއްމަހުގެ ތެރޭގައި ފަށަނީ
ވެލާނާ އިންޓަރނޭޝަަނަލް އެއާޕޯޓު ތަރައްގީކުރުމަށް ހިންގާ މަޝްރޫއުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ އާ ޓާމިނަލްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.
އެގޮތުން އެ ޓާމިނަލްގެ ޑިޒައިނަށް ބަދަލުތަކެއް ގެނެސް، އެގޮތަށް އެޅުމަށް އެ ޓާމިނަލްގެ މަސައްކަތް ހަވާލުކުރެވުނު ސައުދީ އަރަބިއާގެ ބިންލާދިން ގްރޫޕާއި އެކު ވަނީ ސޮއިކުރެވިފައެވެ.
ވީއައިއޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ސޮއިކުރެއްވިއިރު ބިންލާދިން ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޝަން އޮފިސަރު އިންޓަނޭޝަން ، ޕައުލޯ ޕީގީ އެވެ
މި ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން އެއާޕޯޓްގެ އެކްޓިން އެމްޑީ މޫސާ ސޯލިހް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލަތަކާއި ފައިސާގެ ތާށިކަމާ ހުރެ މަޝްރޫއު ލަސްވި ނަމަވެސް 2022 ވަނަ އަހަރު ޖުލައި މަހު އާ ޓާމިނަލް ނިންމާލެވޭނެކަމަށެވެ.
އަދ މިއަދު ސޮއިކުރެވުނު އާ އެއްބަސްވުމާއެކުވެސް އެ މަޝްރޫއުގެ އަގަށް ބަދަލެއް ނާންނާނެކަމަށްވެސް ވިދާޅުވިއެވެ. 350 މިލިއަން ޑޮލަރަށް އާ ޓާމިނަލް ހެދުމުގެ މަޝްރޫއުގައި ސޮއިކުރީ 2016 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް