އަންނަ ދައުރުގައިވެސް ހުސައިން ސާލިހު ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވަނީ
އަންނަ ދައުރުގައި ވެސް ހުސައިން ސާލިހު ހިތަދޫ މެދުދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
މަޖިލީހުގެ މިހާރު ކުރިއަށްދާ ދައުރުގައިވެސް ހިތަދޫ މެދު ދާއިރާއަށް ހުސައިން ސާލިހު ވާދަކުރެއްވި އިރު، އޭނާ އޭރު މަޖިލީހަށް ވާދަކުރައްވާފައިވަނީ އަމިއްލަ ގޮތުން ކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި އޭނާ ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމުހޫރީ ޕާޓީގެ ޓިކެޓްގައެވެ.
އެގޮތުން ޖުމުހޫރީ ޕާޓީން މިހާތަނަށް ޓިކެޓް ދިން 36 މީހުންގެ ތެރެއިން ހިތަދޫ މެދު ދާއިރާއަށް ވާދަކުރުމަށް އޭނާއަށް ވަނީ ޓިކެޓް ދީފައެވެ. ހިތަދޫ މެދު ދާއިރާ ފިޔަވާ އައްޑޫގެ އެއްވެސް ދާއިރާއަކަށް ޖޭޕީން ކުރިމަތިލައްވާފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
2014 ވަނަ އަހަރު އެދާއިރާއަށް ވާދަކޮށްގެން އޭނާ އަށް ނާކާމިޔާބް ވެފައިވާއިރު، އެފަހަރު އޭނާއަށް ލިބިފައިވަނީ 632 ވޯޓް، އެފަހަރު އެދާއިރާގެ ގޮނޑި ކާމިޔާބްކޮށްފައިވަނީ 1252 އެމްޑީޕީގެ ފަރާތުން އެދާއިރާއަށް ކުރިމަތިލެއްވި އިބްރާހިމް މުހައްމަދު ދީދީއެވެ. ޕީޕީއެމްގެ ފަރާތުން ވާދަކުރި މުހައްމަދު ރަޝީދަށް ލިބިފައިވަނީ 1017 ވޯޓެވެ.
އަންނަ ދައުރުގައި ހިތަދޫ މެދު ދާއިރާއަށް ކުރިމަތި ލައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރައްވާފައިވަނީ ހުސެއިން ސޯލިހުއާއި އެމްޑީޕީގެ ފަރާތުން އަހުމަދު ރަޝީދު ގެ އިތުރުން ނޭޝަނަލް ޕްރޮގްރެސް ކޯލިޝަންގެ ފަރާތުން ޒާހިދު ރަމީޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް