އިރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވުން
އިރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވުން
ހަބަރު 13 Jun 2025 | 23:48

އީރާނުން އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދީ ޔަހޫދީން ބިރުގަންނަވައިލައިފި

އީރާނުން, ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިޒްރޭލަށް ވަރުގަދަ ހަމަލާތަކެއްދީ އެ މީހުން ބިރުގަންނަވައިލައިފި އެވެ.

މި ހަމަލާތައް މިރޭ ދޭން ފެށީ އިސްރާއިލުން އިރާނުގެ އަސްކަރީ އަދި ނިޔުކްލިއާ މަރުކަޒުތަކަށް ބޮން އަޅާ ހިންގަން ފެށި އުދުވާންގެ ބަދަލު ހިފުމުގެ ގޮތުންނެވެ.

“އޮޕަރޭޝަން ޓްރޫ ޕްރޮމިސް” ނަމުގައި މިރޭ ދޭން ފެށި ހަމަލާތަކުގައި ފުލުފުލުގައި އެތައް ސަތޭކަ މިސަައިލް ހަމަލާތަކެއް ވަނީ އިޒްރޭލަށް ފޮނުވާލާފަ އެވެ. އޭގެ ތެރެއިން ބައެއް ހަމަލާތައް ޔަހޫދީންގެ ވެރިރަށުގެ މުހިންމު ހިސާބުތަކަށް ފޯރިއެވެ. އަދި ގަދައަށް ރޯވެ ބޮޑެތި އަލިފާންގަނޑުތަކަށް ބަދަލުވެ މީހުންނާއި އިމާރާތްތަކާއި ތަކެއްޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.

ބައެއް ބޮޑެތި އިމާރާތްތައް ވަނީ ފުނޑުފުނޑުވެފަ އެވެ.

އިރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވުން 

ޔަހޫދީންގެ އެތައް ހާސް ބަޔަކު އިރާންގެ ރައްދު ހަމަލާތަކުގެ ބިރަށް ބިންގަރާސްތަކަށް ވަދެ ފިލާފައިވާއިރު އެތައް ބަޔަކު ވަނީ ޒަހަމުވެފަ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ސީރިއަސް އަނިޔާތައް ލިބުނު މީހުންގެ އަދަދު 40 އިން މައްޗަށް އަރަ އެވެ.

އިރާނުން މިއަދު ވަނީ ޔަހޫދީ އިޒްރޭލަށް އިބްރަތަކަށް ފުދޭފަދަ ވަރުގަދަ ރައްދެއް ދޭނެ ކަމަށް އިންޒާރު ކޮށްފަ އެވެ. ކުރީން ވެސް ލަފާ ކުރެވުނު ގޮތަށް އިރާނުން ހަމަލާތައް ދޭން ފެށީ ރޭގަނޑު ވަގުތު އެވެ.

އިރާންގެ ހުރިހާ މިސަައިލުތަކެއް ވައްޓާލާ އިޒްރޭލްގެ ބާރު ދައްކަން ކުރި މަސައްކަތް ފެއިލްވެ ޔަހޫދީން ބޮޑު ބިރުވެރި ކަމެއްގައި ތިބިއިރު އަދިވެސް ހަމަލާ ދޭނެ ކަމަށް އިރާނުން ވަނީ އިންޒާރު ކޮށްފަ އެވެ.

އިރާނުގެ ހަމަލާތައް އިޒްރޭލަށް އަމާޒުވުން 

ހާލަތު ބަދަލުވެ އިޒްރޭލްގައި ބިރުވެރިކަން ބޮޑުވުމުން އެ ބައިމީހުންގެ އަނިޔާ ތަހަންމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތުން މިރޭ ދަނީ އުފާފާޅު ކުރަމުންނެވެ.

ފަތިހު އިސްރާއީލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދޭން ފެށި ބޮމުގެ ހަމަލާތަކުގައި އީރާނުގެ އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙައްމަދު ބަޣޭރީ އާއި ސަރުކާރުގެ އިސް އޮފިޝަލުންތަކެއް ވަނީ އަވަހާރަވެފައެވެ.

އީރާނުގެ ނިއުކްލިއަރ އަދި އަސްކަރީ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން ހަމަލާ ދީފައިމިވަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް އަވަސް ސްޕީޑެއްގައި ކުރިއަށްދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލަންޖެހެއެވެ.

އީރާނުގެ ސަރުކާރުގެ ޓެލެވިޜަނުން ބުނެފައިވާ ގޮތުގައި މި ހަމަލާގައި ބަޣޭރީގެ އަވަހާރަވެފައުވާއިރު އޭނާއަކީ އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ އިސް މަޤާމެއްގައި ކުރިން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން އެތައް އަސްކަރީ އޮފިސަރުންނަކާއި ސައިންޓިސްޓުންނެއް މި ހަމަލާގައި އަވަހާރަވެފައިވާ ކަމަށް ވެސް ވެ އެވެ.

އޭގެ ތެރޭގައި، އީރާނުގެ އިންޤިލާބީލަޝްކަރުގެ ކޮމާންޑަރު ހުސައިންސަލާމީ އާއި، ޚަތީމް އަލް އަންބިއާ މިލިޓަރީ ހެޑްއުއާޓަރގެ ކޮމާންޑަރު ގުލާމް އަލީ ރާޝިދު އަދި ނިއުކްލިއަރ ސައިންޓިސްޓް މުހައްމަދު މަހްދީ ތެހެރާނީ އާއި ފެރީދޮން އައްބާސީ ހިމެނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...