މޯލްޑިވް ގޭސްގެ އެމްޑީ ސަސްޕެންޑްކޮށްފި
ކޮރަޕްޝަންގެ ތުހުމަތުތަކަކާއި ގުޅިގެން މޯލްޑިވް ގޭހުގެ މެނޭޖިންގ ޑިރެކްޓަރ ޝަޒާއިލް ޝިޔާމް ސަސްެޕެންޑްކޮށްފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މޯލްޑިވްސް ގޭސްއިން ސަޕްލަޔަރެއްގެ އަތުން މާ އަގުބޮޑުކޮށް ގޭސް ގަންނަ މައްސަލައެއް ރައްޔިތުންެގެ މަޖިލީހުން ދަނީ ބަލަމުންނެވެ.
އެނގިފައިވާ ގޮތުގައި ޝަޒާއިލް މަގާމުން ސަސްޕެންޑްކޮށްފައިވަނީ ކޮރަޕްޝަންގެ މައްސަލަ ރިޕޯޓް ކުރުމަށް ސަރުކާރުން ހުޅުވާލާފައިވާ އޮންލައިން ޕްލެޓް ފޯމަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ.
ގޭހުގެ އެމްޑީގެ މަގާމަށް ޝަޒާއިލް އައިސްފައިވަނީ މައުމޫން ރިފޯމް މޫވްމެންޓްގެ ސްލޮޓެއްގައެވެ.
އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޫއްޑޫ ފިޝަރީޒްގެ ޗެއާމަން ކަމާއި ފިޝަރީޒް މިނިސްޓްރީއއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަންވެސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް