N/A
N/A
ހަބަރު 16 Mar 2019 | 06:43

ރާއްޖެ އިންޑިޔާއަށް " އިންޑިޔާކަނޑުވާންޖެހޭނީ އަމާން ސުލްހަވެރި ޒޯނަކަށް" މަރްހޫމް ބޮޑުވަޒީރު ޒަކީ

ވޭތުވެދިޔަ 50 ހަކަށް އަހަރުދުވަހުގެތެރޭގައި ދިވެހި ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ގެނެސްފައިވާ ބަދަލާމެދު ގައުމުގައި ކޮންމެވެސް ފެންވަރެއްގައި ބަހުސްކުރެވެން އެބަޖެހެއެވެ. ދިވެހި ރާއްޖޭގެ ގައުމީ މަސްލަހަތުތަކަކީ ވެރިކަމަށް އަންނަ މީހަކު ހިތަށް އެރީމާ އެމީހަކު ބޭނުންވާގޮތަކަށް ކުޅެ ގަޑުބަޑުކޮށްލަދޫކޮށްލެވިފައި އޮންނަންޖެހޭ ކަމެއްތޯއެވެ.

ދިވެހި ރާއްޖެ މިނިވަންވީއްސުރެ ފުރަތަމަ ފަހަރަށް ބޭރުގައުމުތަކާއެކު އަސްކަރީ ޚާއްސަގުޅުންތަކެއް އުފައްދަން ރައީސް ސާލިހްގެ ސަރުކާރުންގެންދަނީ ވަރަށް ބުރަކޮށް މަސައްކަތްކުރަމުންނެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ މަސައްކަތްކުރައްވަނީ އިންޑިޔާއާއި އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށެވެ. ދިވެހި ރާއްޖެއިން އަސްކަރީ ގުޅުމެއް ބާއްވާނީ ހަމައެކަނި އިންޑިޔާއާއެކުގައިކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

އަނެއްކޮޅުން ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަސައްކަތްޕުޅު ކުރައްވަމުންގެންދަވަނީ އެމެރިކާއާއެކު އަސްކަރީ ގުޅުންތަކެއް އުފެއްދެވުމަށެވެ. އެމެރިކާގެ ވަފްދެއް ރާއްޖެ އައިސް އަސްކަރީ އެއްބާރުލުމާބެހޭގޮތުން މަޝްވަރާކުރައްވާފައިވަނިކޮށް ޚާރިޖީވަޒީރު ދެފަހަރެއްގެ މަތިން ވޮޝިންޓަނަށް ވަޑައިގެން އެމެރިކާގެ މަސްއޫލުވެރިންނާ އަދި އެގައުމުގެ ގައުމީ ސަލާމަތާއިބެހޭ ކައުންސިލާ ބައްދަލުކޮށް އިންޑިޔާކަނޑުގެ ސަލަމާތާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެގައުމު ގުޅިގެން މަސައްކަތްކުރުމާއިބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. މިމަޝްވަރާތައް ގޮސްފައިވަނީ ކިހާ ހިސާބަކަށްކަމެއް އަދި ސާފެއް ނުވެއެވެ.

ދިވެހި ރާއްޖެ މިނިވަންވީއްސުރެ ވަކި ގައުމަކާއެކު ޚާއްސަ އަސްކަރީއެއްބަސްވުމެއް ހަދަން ދިވެހި ރާއްޖޭގެ ވެރިންގެންދެވީ ދެކޮޅު ހައްދަވަމުންނެވެ. ގައުމަށް މިނިވަންކަން ހޯއްދަވައިދެއްވި ރައީސް އިބްރާހިމް ނާސިރާއި އަދި އެމަނިކުފާނުގެ ބޮޑުވަޒިރު އަހުމަދު ޒަކީވަނީ ސާބިތުކަން ދައްކަވާފައެވެ.

ރާއްޖޭގެ އެންމެ މޮޅު އެއް ޑިޕްލޮމެޓުގެ ގޮތުގައި ހިމެނިގެންދާ އަހުމަދު ޒަކީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެފުރަތަމަ ރާއްޖެއިން ބޭރަށް ދަތުރުފުޅެއްކުރައްވަންޖެހިވަޑައިގަތީ އިންޑިޔާއަށެވެ. އޭރުވެސްއޮތީ މިއަދުވެސް އިންޑިޔާއިން ކަންބޮޑުވެގެން އުޅޭ މައްސަލަތަކެވެ. ޒަކީއަށް މަޖްބޫރުވެވަޑައިގަތީ އެންމެ ފުރަތަމަވެސް އިންޑިޔާއަށް ވަޑައިގެން އެގައުމުގެ ލީޑަރުންގެ ކަންބޮޑުވުންތަކަށް އެޑްރެސްކުރެއްވުމަށެވެ.

ވޯރާވިޔަފާރިވެރިންނާމެދު ދިވެހި ސަރުކާރުން އަމަލުކުރިގޮތުން އެވިޔަފާރިވެރިންނަށް ލިބުނު ގެއްލުމުގެ ބަދަލު ދިވެހި ސަރުކާރުން ދޭންޖެހޭނެކަމަށް އިންޑިޔާއިން ދެކުނެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް ނާސިރު ހުންނެވީ އިންޑިޔާއަށް ދޫދެއްވާގޮތަކަށް ނޫނެވެ. އެއަށްފަހު އިންޑީޔާކަނޑުގައިވާކަމަށް އިންޑިޔާގަބޫލުކުރާ އެގައުމުގެ މަސްލަހަތު ހިފެހެއްޓުމުގެ ވާހަކަ ދިވެހި ސަރުކާރަށް އޮތީ ހުށަހެޅިފައެވެ.

ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު މަރްހޫމް ފަތުހުﷲ ޖަމީލްގެ ދުވަސްވަރު ޚާރިޖިއްޔާގައި މަސައްކަތްކުރައްވާފައިވާ ބޭބޭފުޅުންނާ ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. އޭރު ދިވެހި ޚާރިޖިއްޔާގައި މަސައްކަތްކުރެއްވި ގިނަ ބޭފުޅުން މަރްހޫމް އަހުމަދު ޒަކީގެ ޑިޕްލޮމެސީން މިސާލު ނަންގަވައެވެ. ބޮޑުވަޒީރު އަހުމަދު ޒަކީ އިންޑީޔާއަށް ވަޑައިގެން އިންޑިޔާގެ ލީޑަރުންނާއެކު ބޭއްވި ރަސްމީ ވާހަކަފުޅުގައި ވަރަށް ސަރީހަ އިބާރާތުން ވަރަށް ސާބިތުކަމާއެކު ދިވެހި ރާއްޖޭގެ ސްޓޭންޑް ފާޅުކުރެއްވިއެވެ.

އާދެ އިންޑިޔާކަނޑު އޮންނަންޖެހޭނީ އަމާން ސުލްހަވެރި ޒޯނެއްގެ ގޮތުގައެވެ. އެއްވެސް ގައުމަކުން އިންޑިޔާކަނޑުގައި އަސްކަރީ ބާރުވަރުގަދަކުރަން ދިވެހި ރާއްޖެއިން ބޭނުންނު ނުވެއެވެ. މިވާހަކަ ސަރީހަ އިބާރާތުން ބޮޑުވަޒީރު ޒަކީ ރަސްމީ މަޝްވަރާތަކުގައި ފާޅުކުރައްވަންޖެހުނީ އިންޑިޔާއިން ފިއްތަމުންދިޔަ ފިއްތުންތަކާހެދިއެވެ. އެފިއްތުން ތަކުގެތެރޭގައި އެކަމަކު ރައީސް އިބްރާހިމް ނާސިރާއި ބޮޑުވަޒީރު އަހުމަދު ޒަކީ ބިންގާ އެޅުއްވި ހަރުދަނާ ސިޔާސަތުގެ މަތީގައި ރައީސް މައުމޫން 30 އަހަރުގެ ވެރިކަމެއް ސާބިތުކަމާއެކު ނިންމެވިއެވެ.

މިއަދުވެސް ހަމައެފިއްތުމެވެ. އެކަމަކު މިއަދު ތަފާތަކީ ދިވެހި ގައުމު މިނިވަންކުރެއްވި ހިއްވަރުގަދަ ބޭފުޅުން ބިންގާއެޅުއްވި ސިޔާސަތުތައް ދަމަހައްޓަން މިއަދު އަޅުގަނޑުމެންގެ ގައުމު ހިންގަން ތިބި ވެރިން ނުކުޅެދުމެވެ. ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވަނީ އިންޑިޔާގެ މަސްލަހަތު ހިމާޔަތްކުރާ ގައުމަކަށް ދިވެހި ރާއްޖެވުމަށެވެ. އުޒުރެއް ދައްކަވަމުންނެވެ. ޗައިނާއެވެ. ޗައިނާގެ ކުޅިއަކީ ދިވެހި ރާއްޖެއަށް މިނިވަންކަން ލިބުނީއްސުރެ އިންޑިޔާއިން ކުޅޭ ކުޅިއެކެވެ.

ދިވެހި ރާއްޖެއަށް މިނިވަންކަން ލިބިގެން އދގެ ސަލާމަތީ މަޖިލީހުގެ މެމްބަރުންގެތެރެއިން އެންމެ ފުރަތަމަ ދިވެހި ރާއްޖޭގެ މިނިވަންކަން ގަބޫލުކޮށް މަރުހަބާ ކީ ގައުމަކަށް ޗައިނާވުމުން އިނޑިޔާއިން ކަންބޮޑުވެގެންއުޅުނުގޮތް ވިޔަފާރި މިއަދުގައި " "އިންޑިޔާގެ ބޮލުގައި ރިހެނީބާ!" މިމައުޟޫއުގެ ދަށުގައި އޭރުގެ ނޫސްވެރިޔަކު ގެނެސްފައިވެއެވެ. އެލިޔުމުގެ ތަންކޮޅެއް އަޅުގަނޑު ނަކަލުކޮށްލާ ހިތްވެއެވެ. " ދިވެހި ރާއްޖެ އިނގިރޭސިންގެ ހިމާޔަތުން ސަލާމަތްވުމާއެކު ރެޑް ޗައެނާއާއި ދިވެހި ރާއްޖެއާ ދޭތެރޭ އެކުވެރިކަމުގެ ގުޅުމެއް ހިނގާފާނެކަމުގައި އިންޑިޔާ މާބަނޑޭރި ބިރު ( ބިރެއް ފެނިދާނެތީ ގަންނަބިރު ) ގަންނާން ފަށައިފިއެވެ. ވަސްވާހުގެ ޝައްކުތައް ހިނގާންފަށައިފި ކަހަލައެވެ.

މިއޯގަސްޓްގެ ކުރީ ހަތްދުވަހުގެތެރޭ މެޑްރާސްއިން ނުކުންނަ ހިންދޫ މިނަން ކިޔާ ނޫހުގައި ލިޔުނޭ " ކޮޅޮނބުގައިތިބޭ ޕީކިންގް ޑިޕްލޮމޭޓްސް ދިވެހި ރާއްޖެ އަލަށް މިނިވަންވުމާއެކު އެތަނާ އެކުވެރިކަމުގެ ގުޅުމެއް ބަހައްޓާންވެގެން ވަރަށް އަވަހަށް އުޅެގަތެވެ." އަދިވެސް އޮތެވެ. " ޕީކިންގެ ގެފަރާތުން އެކުޑަކުޑަ ދިވެހި ޜާއްޖެއާ ގުޅުމަށް މިބަހައްޓާ ފޯރިން ފެންނަ އެއްޗަކީ ދާދި އަވަހަށް ދިވެހި ރާއްޖޭގައި ޗައިނާގެ ސަފީރަކު ބެހެއްޓޭތޯ ބަލާނެއެވެ."

ސިޔާސަތުތައް މިދަނީ ބަދަލުކުރަމުންނެވެ.

ކޮންމެއަކަސް ރައީސް ސާލިހްގެ ސަރުކާރުގެ މައްޗަށް އޮތް މުހައްމަދު ނަޝީދުގެ ބާރުގަދަ ކޮންޓްރޯލާއެކު ދިވެހި ގައުމުގެ މިނިވަންކަމުގެ އަބްތާލުން ދިވެހި ގައުމުގެ މިނިވަންކަމާއި އިއްޒަތާއި ކަރާމަތް ދެމެހެއްޓުމަށް ގެންގުޅުއްވި މިވަރުގަދަ ސިޔާސަތު މިއަދު ވަނީ ބަޔަކު ދައްކަމުންދާ ދަޅައަކަށް ހެއްލި ބަދަލު ކުރައްވާފައެވެ.

އިންޑިޔާ ރުހޭހައި ގޮތެއްގެ މައްޗަށެވެ. އެކަމަކު ކުޑައަގެއްގައި ދިވެހި ރާއްޖޭގެ މައްޗަށް އިންޑިޔާގެ އަސްކަރީ އަދި އިގްތިސާދީ ކޮންޓްރޯލް ދޫކޮށްލާނެތޯއެވެ. އެކަން ހިގާގޮތެއް ގައުމުގެ އެންމެ އިސްވެރިޔާއަށް މިއަދު ނޭގިދާނެއެވެ. ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި އެމެރިކާއާއެކު ސޮއިކުރަން އުޅުނު ސޯފާ އެއްބަސްވުމަކީ މީގެ މިސާލެކެވެ.

އެއްބަސްވުމުގައި ސޮއިކުރަން މަދުގަޑިކޮޅަކަށްވީއިރުވެސް ގައުމުގެ ވެރިޔާއަށް ޑިފެންސް މިނިސްޓްރީން މިކުރަން އުޅެނީ ކޮންކަމެއްކަމެއް ނާންގައެވެ. މިއަދު އިންޑިޔާއާއެކު ދިފާއީ އެއްބަސްވުން ހަދާއިރު މާރިޔާ އަހުމަދު ދީދީގެ ބަސްމަގު އެންމެންނަށް އެބައެގެއެވެ. އަދި އިއްޔެ ވެރިކަންކުރި ދެރައީސުންގެ ވެރިކަމުގައި ދިވެހި ރާއްޖެއަށާއި ދިވެހިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، އދގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރާއްޖެއަށް ލިބެން އޮތް ޝަރަފުވެރި މަގާމް ފެއިލްކޮށްލުމަށްފަހު ރާއްޖެއަށް ކުއްލިއަކަށް މިއަދު ހެޔޮއެދިގެން އެކުރައްވާ ދަތުރުފުޅުތަކުން ފިލާވަޅެއް ނުލިބޭތޯއެވެ.

ދެން އޮތީ އެމެރިކާއެވެ. އެމެރިކާއިން އިންޑީޔާ ކަނޑުގެ ކޮންޓްރޯލް ނަގަން ވަންނަންވީ ކީއްވެގެންތޯއެވެ. އެމެރިކާއަށް ކޮން ނުރައްކަލެއް އިންޑިޔާކަނޑުގައި އޮވެގެންތޯއެވެ. އެމެރިކާގެ ގައުމީ ސަލާމަތާއިބެހޭ މަޖިލީހަށް ދިވެހި ރާއްޖޭގެ ޚާރިޖީވަޒީރު ދައުވަތު ދެއްވައިގެން ގެންދަވަންވީ ކީއްވެގެންތޯއެވެ.

ދިވެހި ރާއްޖޭގެ ރައްކާތެރިކަމާ ސަލާމަތަށް އެމެރިކާ ޖާމިނުކޮށްދިނުމަށް އެއްބަސްވާންވީ ކީއްވެގެންތޯއެވެ. އެމެރިކާއިން ދުވަހަކުވެސް ރާއްޖެއަށް ފައިސާނާޅާވަރަށް މިއަދު ފައިސާ އެބައަޅައެވެ. ބުނިވަރަކަށް އިންޑިޔާއިންވެސް އެދަނީ އަޅައިދެމުނެވެ. އަޅުގަނޑުމެންގެ އާދައިގެ ރައްޔިތުންގެ ސިކުނޑިއަށް ފަރުދާގެ ފުރަގަހުގައި ހިނގާ މިބޮޑުކަންތައްގަނޑެއް ނަގައިނުގަނެވޭނެއެވެ. އިވެމުންމިދަނީ ވާހަކަތައް ޖަރީކުރަން ފުރިހަމައަށް ދަސްކޮށްފައިތިބި ބަޔަކު ޖަރީކޮށްގެން ދައްކާ ވާހަކަތަކެވެ. ފެންނަމުންދަނީ އަމިއްލަ އެދުމެއް ހާސިލުކުރުމަށްޓަކައި ގައުމުގެ މަސްލަހަތުތައް ގުރުބާންކޮށްލާތަނެވެ. ސިޔާސީ އެދުންވެރިކަމާއި ވާދަވެރިކަމަށްޓަކައި އަމިއްލަ ދީނާއި ގައުމު ފުޑުފުޑުކޮށްލަންޖެހުނަސް އެގޮތުގައި ކުރިއަށްދާންއެދޭ މީހުން އަޅުގަނޑުމެންގެތެރޭގައިވަނީ ގިނަވެފައެވެ. އެއީ ﷲ ދެއްވި މިނިވަންކަމާއި ތިޔާގިކަމުގެ މައްޗަށް ކޮންމެ ގޮތެއް ވަރިހަމަކޮށް ޚިޔާލެއް ފިކުރެއްނެތި އުފަލާއި މަޖަލުގައި ހޭދަކުރާ ޖީލެއްގެ ބައެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...