ހިލޭ ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންކޮށްދޭ މަޝްރޫއު ފަށައިފި
ސަރުކާރުން ޚަރަދުކޮށްގެން ކުރިއަށްގެންދާ ޓޯޓަލް ނީ ރިޕްލޭސްމެންޓް ސާޖަރީ ނުވަތަ ކަކުލުގެ ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަން މަޝްރޫއުގެ ފުރަތަމަ އޮޕަރޭޝަންތައް ކޮށްފިއެވެ.
ސަރުކާރުން ހިންގާ މައި ހޮސްޕިޓަލް އައިޖީއެމްއެޗުން ބުނީ، އެމަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ކުރި ކަކުލު ހުޅު ބަދަލު ކުރުމުގެ އޮޕަރޭޝަންތައް އިއްޔެ ކޮށްފައިވަނީ މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލްގައި ކަމަށެވެ. އެއޮޕަރޭޝަންތަކަށް ބަލިމީހުންގެ ފަރާތުން އެއްވެސް ޚަރަދެއް ކުރާކަށް ނުޖެހެއެވެ.
ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަންތަކުގެ މަޝްރޫއުއަކީ ސަރުކާރުން އިސް ނަގައިގެން ރައްޔިތުންނަށް ފޯރުކޮށްދެމުން އަންނަ ސިއްހީ ހިދުމަތްތައް އަވަސްކުރުމުގެ ގޮތުން އާސަންދަ އާއި އައިޖީއެމްއެޗްގެ ފަރާތުން މެޑިކާ އަދި ޓްރީޓޮޕް ހޮސްޕިޓަލާއެކު ކޮންޓްރެކްޓް އުސޫލުން ކުރިއަށް ގެންދެވވޭ މަޝްރޫއެއް ކަމަށް އައިޖީއެމްއެޗުން ހާމަކުރެއެވެ.
ހުޅުބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށްދޭ މަޗްރޫއުގެ ދަށުން އެންމެ ފުރަތަމަ އޮޕަރޭޝަން ކުރި މީހާއާއި އޭނާގެ އާއިލާއާއި ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ބައްދަލު ކުރައްވާފައެވެ.
ސަރުކާރުގެ ހަރަދުގައި ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރުމަށް، އާސަންދަ އާއި ޓްރީ ޓޮޕް ހޮސްޕިޓަލް އަދި އައިޖީއެމްއެޗާ އެކު އެއްބަސްވުން އެކުލަވާލާފައިވަނީ މިދިޔަ މަހުގައެވެ..
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް