ފިޔޯރީން 8 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީ
ގދ ފިޔޯރީން 8 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ހާމަ ކުރެއްވި ގޮތުގައި، 8 އަހަރުގެ ކުޑަ ކުއްޖަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 19:08 ހާއިރުއެވެ.
އަދި އެ ކުއްޖާ އެންމެފަހުން ފެނިފައިވަނީ މިއަދު ހަވީރު 5 ޖަހާކަން ހާއިރު ކަމަށްވެސް، އާއިލާއާ ހަވާލާދި ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ދަނީ ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް