ކަޅު ބާޒާރުގައި ޑޮލަރު ވިއްކި 2 ބިދޭސީއަކު ޑީޕޯޓްކޮށްލައިފި
ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކި 2 ބިދޭސީއަކު ޑީޕޯޓްކޮށްލައިފިއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ ވިއްކަމުން ދިޔަ މައްސަލާގައި އިމިގްރޭޝަނުން 5 ބިދޭސީން ހައްޔަރުކުރީ މިމަހުގެ 5 ވަނަ ދުވަހުއެވެ.
މި ރެއިޑަކީ ޓާސްކް ފޯސްއަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ ރެއިޑެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.
ހައްޔަރުކުރެވުނު ބިދޭސީންގެ އަތުން ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ޑެބިޓް އަދި ކްރެޑިޓް ކާޑުތައް ވަނީ ފެނިފައެވެ.
މި މައްސަލާފައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހުން ޑީޕޯޓްކޮށްލާފައިވާކަމަށާއި، ބާކީ ތިބި ތިން މީހުންގެ ތަހުގީގު ކުރިޔަށްދާކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް