މަހާނައެއް ކޮންނަން އުޅުނު މީހަކު ހައްޔަރުކޮށްފި
ހދ.ކުޅުދުއްފުށީގެ ގަބުރުސްތާނުގައި ހުރި މަހާާނައެއް ކޮންނަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިއަދު 18:30 ގައި މި މީހާ ހައްޔަރުކޮށްފައިވަނީ އެރަށު ކުޑަ މިސްކިތުގެ ގަބުރުސްތާނުގައި ހުރި މަހާނައެއް ކޮންނަން އުޅެނިކޮށްކަމަށެވެ.
އުމުރުން 19އަހަރުގެ މި މީހާ ހައްޔަރުކުރިއިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ކުޑަމިސްކިތު ގަބުރުސްތާނަކީ ކުޅުދުއްފުށީގައި އެންމެ ގިނައިން މީހުން ވަޅުލާ ގަބުރުސްތާނެވެ.
ފޮޓޯ: ކުުޅުދުއްފުށީ އޮންލައިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް