ފަނޑިޔާރުންގެ ޖަމްއިއްޔާގެ ޖަލްސާއެއް ވައިބަރ ގްރޫޕްގައި ބާއްވަނީ
ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާގެ މިއަހަރުގެ ފުރަތަމަ އާންމު ޖަލްސާ، ވައިބަރ ގްރޫޕެއް މެދުވެރިކޮށް ބޭއްވުމަށް ތައްޔާރުވެއްެޖެެއެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން މި އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ނިންމާފައިިވަނީ އަންނަ އޮކްޓޯބަރު މަހުގެ 5ވަނަ ދުވަހުގެ ހެނދުނު ދިހައެއް ޖަހާއިރުގައެވެ. މި ޖަލްސާ އޮންނާނީ އެކަމަށް ޚާއްސަ ކުރެވިގެން އުފައްދާ ވައިބަރ ގްރޫޕެއްގައެވެ.
މި ޖަލްސާގައި މައިގަނޑުކަމަކަށް އޮތީ އެޖަމްއިއްޔާގެ ދިދައާއި ނިޝާން ފާސްކުރުންކަމަށް ވަނީ ބުނެފައެވެ.
ފަނޑިޔާރުންގެ ޖަމްއިއްޔާއިން ބުނިގޮތުގައި މި ޖަލްސާ ފެށުމުގެ ތިރީސް މިނެޓުކުރިން، ޖަލްސާގައި ފާސްކުރުމަށް ބޭނުންވާ ކަންތައްތައް ވައިބަރ ގްރޫޕްގައި ޕިން ކުރެވޭނެއެވެ. އަދި މި ޖަލްސާގައި ބައިވެރިވިކަމަށް ބެެލެވޭނީ ޖަލްސާ ފެށުނުކަމަށް ރިޔާސަތުން ބުނާވަގުތުގައި ވައިބަރ ގްރޫޕްގައި އިނުމުންނެވެ.
އަދި އެޖެންޑާގައިވާ ކަންކަމަށް ވޯޓު ނަގާނީ ފެންނަ ނުފެންނަ ޕޯލްއަކުންކަމަށް ވަނީ ބުނެފައެވެ. މި ޖަލްސާ ނިމުުމުން މި ވައިބަރ ގްރޫޕުން މެންބަރުން ބޭރުކޮށް ގްރޫޕް ފުހެލުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް