މަންޓާ އެއާގެ ސީޕްލޭން ދަތުރުތައް ފަށައިފި
ދިވެހިރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި މަގުބޫލުކަން ހޯދާފައިވާ މަންޓާ އެއާއިން ސީޕްލޭން ދަތުރުތައް ފަށައިފިއެވެ.
މި ސީޕްލޭން ދަތުރުތައް ރަސްމީގޮތުން އިފްތިތާހުކޮށްފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ގާއިމްކޮށްފައިވާ މަންޓާގެ ސީޕްލޭން ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން އެއާޕޯޓްސް ކޮމްޕެނީގެ އެކްޓިންގް މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މަންޓާގެ ފުރަތަމަ ސީޕްލޭން ދަތުރެއްގެ ގޮތުގައި ބާއްވާފައިވަނީ މާލެއިން ފުރައިގެން ދ.އަތޮޅުގައިވާ ހޮޓެލް ރިއު މޯލްޑިވްސްއަށެވެ. މި ދަތުރުގެ ދިިގުމިނަކީ 40މިނެޓުކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
މަންޓާ އެއާލައިނުން ވަނީ ސީޕްލޭންގެ ދަތުރުތައް ފެށުމަށް ހަތަރު ސީޕްލޭން ގެނެސްފައެވެ.
މަންޓާގެ އޮފިޝަލުން ވިދާޅުވި ގޮތުގައި އެ އެއާލައިންގެ ސީޕްލޭން ދަތުރުތައް ފެއްޓުމާއި އެކު ރާއްޖޭގެ ސީޕްލޭންގެ ސިނާއަތަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. މި ސީ ޕްލޭންތަކުގައި އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް ހުންނާނެކަމަށް އެ އެއާލައިނުން މައުލޫމާތުދެއެވެ.
މަންޓާ އެއާގެ ސީޕްލޭންތައް ދަތުރުކުރާނީ ޝެޑިއުލްކޮށެވެ. މި ފްލައިޓްތަކުން ދަތުރުކުރައްވަން ބޭނުންވާ ކަސްޓަމަރުންނަށް ކުރިން ޓިކެޓް ބުކްކުރުމުގެ ފުރުސަތު އޮންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް