ތޫނު އެއްޗެއް ބޭނުންކޮށްގެން ކުޑަކުއްޖަކަށް ހަމަލާދީފި
ފުވައްމުލަކުގައި ތޫނު އެއްޗަކުން ހަމަލާދީ ކުޑަކުއްޖަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ފަތިހު ފުވައްމުލަކުގައި ހިނގި މާރާމާރީގައި ޒަޚަމްކޮށްލި ކުއްޖާކެ އަތަށާއި ބޮލަށް ވަނީ ތޫނު އެއްޗަކުން ހަމަލާދީފައެވެ.
އުމުރުން 17 އަހަރުގެ ކުއްޖާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ވެއެވެ.
ފުލުހުންނާއި ހަވާލާދީ ބައެއް މީޑިޔާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެ މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަހުގީގް ކުރަމުންނެވެ. އެހެން ނަމަވެސް އެކަމާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް