އެމްއާރްއެމްގެ އިންތިގާލީ ރައީސަަކަށް ރައީސް މައުމޫން!
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ އިންތިގާލީ ރައީސަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމް އިންތިހާބުކޮށްފިއެވެ.
މިމަގާމަށް އެމަނިކުފާނު އައްޔަންކޮށްފައިވަނީ އެމްއާރުއެމް އުފެއްދުމަށް މިރޭ ދަރުބާރުގޭގައި ބާއްވަމުންދާ ޖަލްސާގައި ނެގި ފެންނަ ނުފެންނަ ވޯޓަކުންނެވެ.
އެމަގާމަށް ކުރިމަތިލެއްވީވެސް އެމަނިކުފާނު އެކަންޏެވެ.
ރޭގެ ޖަލްސާ ވަރަށް ދަންވަރު ވަންދެން ކުރިއަށް ގެންދިޔައެވެ. ސަބަބަކީ ރޭގެ ޖަލްސާ ކުރިއަށް ގެންދަން ބޭނުންވާ ގާނޫނީ އަދަދުކަމުގައިވާ 300ހަމަވީ ރޭގަނޑު ދިހައެއް ޖެހިފަހުން ކަމުގައިވާތީއެވެ.
ރޭ ވަނީ އެޕާޓީގެ ލޯގޯއާއި ކުލަ ފާސްކޮށްފައެވެ. އެޕާޓީގެ ލޯގޯއަކީ ފެހިކުލަޔާއި ރަންކުލަ ހިމެނޭ ދެ ތީރު އިންނަ ލޯގޯއެކެވެ. ރޭގެ ޖަލްސާގައި ވަނީ އެޕާޓީގެ އެގްޒެކެޓިވް ކޮމެޓީއާއި، އަންހެނުންގެ ކޮމެޓީއާއި ޒުވާނުންގެ ކޮމެޓީވެސް އިންތިޚާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް