ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭ އިސްލާހު ނަގަން އަންގައިފި
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ހުށައެޅި އިސްލާހު ނެގުމަށް އަންގައިފިއެވެ.
މި އިސްލާހު އަނބުރާ ނެގުމަށް އަންގާފައިވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕުންނެވެ.
މިކަމާއި ޖޭޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބުދުﷲ ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލަތީފް އެ ބިލް ހުށަހެޅުއްވެވީ ޖޮއިންޓް ޕީޖީ ގްރޫޕްގައި މަޝްވަރާ ކުރުމެއްނެތި ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ކޯލިޝަންގެ ލީޑަރެއް ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަސާސީ ހައްގެއް ގެއްލޭތީވެ އެބިލް އަނބުރާ ނަގަން ލަތީފަށް ދަންނަވާފައިވާ ކަމަށް ރިޔާޒް ފާހަގަކުރެއްވިއެވެ.
ލަތީފް މި ބިލް ހުށައަޅުއްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓާގެޓްކޮށްކަމަށްބުނެ ގިނަބަޔަކު ދަނީ ސޯޝަލް މީޑިޔާގައި އޭނާއަށް ފާޑުކިޔަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް