އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން ހަ އަހަރުގެ ކުއްޖަކު ގުރުއާން ހިތުދަސްކޮށްފި
ރ.އިނގުރައިދޫއަށް ނިސްބަތްވާާ އުމުރުން ހަ އަހަރުގެ ކުއްޖަކު ކީރިތި ގުރުއާން ހިތުދަސްކޮށްފިއެވެ.
ގުރުއާން ހިތުދަސްކޮށްފައިވަނީ ދޮންދޫނި ލިޓްލް ލަރނާސް ޕްރީސްކޫލުގެ ޔޫކޭޖީގައި މިއަހަރު ކިޔެވި ޔޫސުފް ބިން މާޒިން އެވެ.
އިއްޔެ ރޭ ހިރިޔާ ސްކޫލްގައި ބޭއްވި ދޮންދޫނި ލިޓްލް ލަރނާސް ޕްރީސްކޫލްގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ޔޫސުފްއަށް ވަނީ ޚާއްސަ އިނާމެއް ދީފައެވެ. އޭނާއަށް މި އިނާމު ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޔޫސުފް ޤުރުއާން ހިތުދަސްކުރަން ފަށާފައިވަނީ ބޭބީ ނާސަރީން ފެށިގެންނެވެ. އެގޮތުން ބޭބީ ނާސަރީގައި އެއް ފޮތް ހިތުދަސްކުރިއިރު، ނާސަރީގައި ދެ ފޮތް ވަނީ ހިތުދަސްކޮށްފައެވެ.
އަދި އެލްކޭޖީގައި ފަސް ފޮތް ހިތުދަސްކުރުމަށްފަހު މިއަހަރު ޔޫކޭޖީގައި އޭނާ ވަނީ 22 ފޮތް ހިތުދަސްކޮށްފައެެވެ.
ފޮޓޯ: މިއަދު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް