ރައްޔިތުން ހަނދާން ނައްތާލެވެން ނޯންނާނެ: އަލްހާން
މަޖިލީހަށް އިންތިޚާބުވާ ފަރާތްތަކުން ރައްޔިތުން ހަނދާނުން ނައްތާލެވެން ނޯންނާނެކަމަށް ޖޭޕީގެ ޓިކެޓުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން މިހެން ވިދާޅުވީ މިއަދު ހަވީރު އޮތް ހެންވޭރު އުުތުރު ދާއިރާގެ ޕީއެސްއެމް ބަހުސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެބޭފުޅާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކަށް ރައްޔިތުން ހަނދާން ނައްތާލާފައި ޕާޓީއަށްޓަކައި ޕާޓީގެ ލީޑަރަށްޓަކައި ވޯޓު ދެވޭކަށް ނޯންނާނެކަމަށެވެ. "އަޅުގަނޑުމެން ވޯޓު ދޭނީ ރައްޔިތުންނަށްޓަކައި، ގައުމަށްޓަކައި"، އަަލްހާން ވިދާޅުވިއެވެ.
އަލްހާން ވިދާޅުވީ ސިޔާސީ ޕާޓީއަކީ ސިޔާސަތުތައް ކަނޑައަޅާ ފަރާތެއްކަމަށާއި އެ ޕާޓީތައް މަޖިލީހަށް ވަންނަނީ ގާނޫނީ ހައިސިއްޔަތުތަކެއް ލިބިގެން ނޫންކަމަށެވެ.
މިއަދުގެ ބަހުސްގައި އަލްހާން އިތުރަށް ވިދާޅުވީ މެންބަރުންގެ ސިޔާސަތު ކަނޑައެޅުމާއި ކަނޑަނޭޅުމުގައި ގައުމީ މަސްލަހަތު އިސްކުރުމަށް ރައްޔިތުން މަޖިލީހުން ކަނޑައެޅުމުގެ ހާލަތްތަކުގައި ޕާޓީތަކުގެ ވިޕްލައިން ބްރޭކް ކުރަން ޖެހޭނެކަަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންނަށް އެކަން ކުރި ފަރާތަކީ އަލްހާންކަން އެނގިވަޑައިގަންނަވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް