N/A
N/A
ހަބަރު 29 Jul 2019 | 14:16

ލާމު ޢީދަ: ޢީދަށް ޚާއްސަ ޢީދު ވަންތަ ޓީޝާޓްތަކެއް!

މީސްމީޑިޔާގައި މިހާރު އެންމެ ގަދަޔަށް ދެކެވެމުން އަންނަ އެއް ވާހަކައަކީ ޢީދަށް ލާމަށް ގިނަ ބަޔަކު ދާން އުޅޭ ވާހަކައެވެ. މިވާހަަކަތައް އެންމެ ގަދަޔަށް ދެކެވެން ފަށާފައިމިވަނީ، މީސްމީޑިޔާގައި ހިންގި ބޮޑު ކެންޕެއިންނެއްގެ ސަބަބުންނެވެ. "ވިޒިޓް ލާމު" ކެންޕެއިންގެ ސަބަބުންނެވެ.

"ވިޒިޓް ލާމު" އިން އަތޮޅު ޕްރަމޯޓް ކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މިހާރުވެސް އިތުރު މަސައްކަތެއް އެފަރާތުން ކުރަމުން އަންނަ ކަމަށް، ވިޒިޓް ލާމު އިން "ވޮއިސް"އަށް ވަނީ މަޢުލޫމާތު ދީފައެވެ.

"މިފަހަރު މި ނިންމީ މުޅި އަތޮޅު އެއްބައިވަންތަކަން ދައްކާލަން. އެހެންވެ، ވިޒިޓް ލާމު އިން ޓީޝާޓެއް ހަދަން ގަސްދު ކުރީ. މުޅި ލާމުގެ އެންމެންނަކީ އެއްބައެއް ވަންތަ ބައެއްކަން ދައްކާލުމަށް. އެންމެން އެޗައްޗެއް ކައިގެން ޢީދުގެ ހަރަކާތްތަކުގައި ބައިވެރިވަން ކުރި ކަމެއް އަސްލު މިއީ." ވިޒިޓް ލާމުގެ ޕަބްލިކް ރިލޭޝަންސް އޮފިޗަރ އާއިޝަތު ނުޒުހާ ވޮއިސްއަށް މަޢުލޫމާތު ދެމުން ބުނެފައިވެއެވެ

ވިޒިޓް ލާމު އިން އިތުރަށް ބުނެފައިވަނީ މިފަހަރު ޢީދުގެ ޓީޝާޓްތައް ޑިޒައިންކޮށްފައިވަނީ ޢީދާ އެންމެ ގުޅޭ ގޮތަށް ލާމުގައި ޢީދު ތެރޭގައި ހިންގާ، އަދި ހިންގަމުން ދިޔަ ކުޅިވަރުތައް ރަމްޒުކޮށްދޭ ގޮތަށް ކަމަށެވެ.

https://www.facebook.com/VisitLaamuAtoll/

ރީތި ޑިޒައިނަކަށް ހަދާފައިވާ މިޓީޝާޓްތަކަށް މިހާރު ޕްރައޯޑަރ ކުރެވޭއިރު، ވިޒިޓް ލާމު އިން ބުނެފައިވަނީ ޕްރިއޯޑަރ ކުރުމަށް ބޭނުންވާ ފަރާތްތަކުން އެފަރާތްތަކުގެ ފޭސްބުކް ޕޭޖަށް މެސެޖްއެއް ކޮށްލުމުން އެކަންތައް ކުރިޔަށްދާނެ ކަމަށެެވެ.

ޕޭޖަށް މެސެޖް ކުރެއްވުމަށް މިލިންކަށް ފިއްތަވާލައްވާ

ޢީދަށް ޚާއްސަ މިޓީޝާޓްގެ ހުރިހާ ސައިޒެއް ލިބެން ހުންނައިރު، ކުޑަ ކުދިންނާއި ބޮޑެތި މީހުންގެ ޓީޝާޓްވެސް ލިބެން ހުންނާނެ ކަމށް އެފަރާތްތަކުން މަޢުލޫމާތުދެއެވެ. އަދި އަތް ކުރު އަދި ދިގު ޓީޝާޓްވެސް ލިބެން ހުންނާނެ ކަމަށާއި އަތް ދިގު ޓީޝާޓެއްގެ އަގަކީ 199 ރުފިޔާ ކަމަށާއި އަތް ކުރު ޓީޝާޓެއްގެ އަގަކީ 149 ރުފިޔާ ކަމަށް ވިޒިޓް ލާމު އިން ބުނެއެވެ.

ވިޒިޓް ލާމު އިން ޢީދަށް ޚާއްސަ ކޮށްގެން ލާމު އަތޮޅުގައި ހިންގާ ޢީދުގެ ހަރަކާތްތައް، އެއް ޕްލެޓްފޯމަކުން ފެންނާނެ ގޮތް ހެދުމަށްވެސް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މިގޮތުން ވިޒިޓް ލާމު އިން އަތޮޅުގެ ރަށްތަކުގެ ޢީދު ކޮމިޓީއާއި ކައުންސިލާއެކު ދަނީ މަޝްވަރާ ކުރެވެމުންނެވެ. ޢީދުގެ ހަރަކާތްތައް ވިޒިޓް ލާމު މެދުވެރިކޮށް އިޝްތިހާރު ކުރަން ބޭނުން ފުޅުނަމަ، އެފަރާތުގެ ފޭސްބުކް ޕޭޖަށް މެސެޖް ކުރެއްވުމަށް އެފަރާތުން އެދެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...