މޫސުން ގޯސް: ކ އަތޮޅުން ލ އަތޮޅަށް ހުދު ސަމާލު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރާއްޖޭގެ މޫސުން ގޯސްވެ ކ އަތޮޅުން ފެށިގެން ލ އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ.
ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ. މެޓުން ދެންމެ ބުނީ ކ އަތޮޅުން ލ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ ހުދު ސަމާލު ނެރެފައިވާ ކަމަށެވެ.
މި ސަމާލު ނެރެފައިވަނީ މިރޭ 11 ޖެހުމާއި ހަމައަށެވެ. މި ވަގުތުތަކުގައި ބޯކޮށްވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާާކޮށްފަ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިރޭ އިރޮއޮއްސި 6:30 އާ ހަމައަށް ކ އަތޮޅުން ތ އަތޮޅަށް ވެސް ވަނީ ހުދު ސަމާލު ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް